ރާއްޖެ އައި ޕާކިސްތާން މީހެއްގެ އަތުން 13 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވީސް (އެމްސީއެސް) އިން މިއަދު ބުނީ މަސްތުވާތަކެތި އަތުލައިގަނެފައިވަނީ ޕާކިސްތާންގެ ފައިސަލް އާބާދުން މިއަދު ރާއްޖެ އައި ޕާކިސްތާނުގެ 25 އަހަރުގެ ފިރިހެނެއްގެ އަތުން ކަމަށެވެ. އެގޮތުން އޭނާގެ އަމަލުތައް ހުރިގޮތުން، އޭނާއާ ސުވާލުކޮށް ބަލައި ފާސްކޮށްފައިވާ ކަމަށާއި މަސްތުވާތަކެތި ފެނިފައިވަނީ ބަލައި ފާސްކުރުމުގެ ތެރެއިން ކަމަށެވެ.
"އެތަކެތި ފުރަތަމަ މަރުހަލާގައި ކަސްޓަމަސް އިން ތަހުލީލު ކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް ވަނީ ޕޮޒިޓިވްވެފައި،" ކަސްޓަމްސް އިން ބުންޏެވެ.
ޕާކިސްތާންގެ އެމީހާގެ އަތުން އަތުލައިގަނެފައިވަނީ 10.14 ކިލޯގެ ހެރޮއިން ކަމަށާއި އެތަކެތީގެ މަގުމަތީ އަގު 13 މިލިއަން ރުފިޔާއަށްވުރެ މަތިވާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސް އިން އިތުރަށް ބުނީ ޕާކިސްތާންގެ އެ މީހާ އާއި މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު