އިންޑިއާގައި މި މަހު 21 ވަނަ ދުވަހު ފަށާ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމުގެ 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑު އެކުލަވާލައިފިއެވެ.
މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް މިމަހުގެ 21 އިން އަންނަ މަހުގެ ހަތަރަކަށް އިންޑިއާގެ ބެންގަލޫރުގައި ބާއްވަން ތާވަލުކޮށްފައިވާ އިރު، ދިވެހި ޓީމުން މިހާރު އަންނަނީ މުބާރާތަށް ފަރިތަކުރަމުންނެވެ. މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ޖުމުލަ އަށް ޓީމަކުން ވާދަކުރާ އިރު، އެއީ ސާފްގެ ހަ ގައުމަކާއި ސަރަހައްދުން ބޭރުގެ ދެ ގައުމެކެވެ. ސަރަހައްދުގެ ގައުމުތަކުގެ ގޮތުގައި މުބާރާތުން ފެންނާނީ ރާއްޖެ އާއި އިންޑިއާގެ އިތުރުން ބަންގްލަދޭޝް އާއި ބޫޓާން އަދި ޕާކިސްތާނާއި ނޭޕާލެވެ.
މުބާރާތުގެ ފެންވަރު ރަނގަޅު ކުރުމަށް ދައުވަތުއެރުވިގެން ސަރަހައްދުން ބޭރުން ވާދަކުރާނީ މެދުއިރުމަތީގެ ދެ ގައުމު ކަމަށްވާ ލުބުނާނާއި ކުވައިތެވެ.
ރާއްޖެއިން ސާފަށް ތައްޔާރުވުމުގެ ގޮތުން މާދަމާ މެންދުރު 12:15 ގައި ޖަޕާނަށް ފުރަން ތައްޔާރުވެފައިވާ އިރު، ޖަޕާނުގެ ކޭމްޕަށް ދާނީ 23 ކުޅުންތެރިންގެ ފައިނަލް ސްކޮޑެވެ. އެ ސްކޮޑާއެކު މިރޭ ގައުމީ ދަނޑުގައި ޓީމުން ފަރިތަކޮށްފައިވާ އިރު، 30 ކުޅުންތެރިންގެ ތެރެއިން ބާކީ ކުރީ ހަތް ކުޅުންތެރިންނެވެ.
- އަހުމަދު ބައްސާމް (ބައްކު) - ޔުނައިޓެޑް ވިކްޓަރީ
- އަލީ ނާޖިހު/ ގޯލްކީޕަރު - ޔުނައިޓެޑް ވިކްޓަރީ
- ޝަނާން ރަޝީދު - ޔުނައިޓެޑް ވިކްޓަރީ
- އަހުމަދު މާއިޝް ރަޝީދު - ޓީސީ ސްޕޯޓްސް ކްލަބު
- މުހައްމަދު ނާއިމް - ބުރު ސްޕޯޓްސް ކްލަބު
- ޝައިހާން އަލީ/ ގޯލްކީޕަރު - ބުރު ސްޕޯޓްސް ކްލަބު
- މުހައްމަދު ޝަހާއު (ބޭލް) - ސުޕަ ޔުނައިޓެޑް ސްޕޯޓްސް
ގައުމީ ޓީމުން ޖަޕާނަށް ގޮސް 10 ދުވަހުގެ ކޭމްޕެއް ފުރިހަމަ ކުރުމަށް ނިންމާފައިވާ އިރު، ޓީމު އިންޑިއާގެ ބެންގަލޫރަށް ދާނީ ޖަޕާނު މަގުންނެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ސާފާ ގުޅޭ ގޮތުން މިމަހުގެ އެއްވަނަ ދުވަހު "ވަން" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ފާހަގަކުރެއްވީ ޖަޕާނުގައި ޓީމު ތިބޭނީ އެގައުމުގެ ގައުމީ ޓީމުވެސް ތަމްރީނުތައް ކުރުމަށް ބޭނުންކުރާ ހާއްސަ ވިލެޖެއްގައި ކަމަށާއި ޓީމަށް ފޯކަސް ކުރަން ރަނގަޅު މާހައުލެއް ލިބޭނެ ކަމަށެވެ.
އޭގެ އިތުރުން ބައްސާމް ފާހަގަކުރެއްވީ މިވަގުތު ރާވާފައި ވަނީ ސާފަށް ދިޔުމުގެ ކުރިން އެކުވެރިކަމުގެ އެއް މެޗު ކުޅުމަށް ކަމަށެވެ.
ގައުމީ ޓީމުން ފައިނަލް ކުރި ސްކޮޑުން، އަލަށް ޓީމުން ޖާގަ ހޯދި ކުޅުންތެރިންގެ ތެރޭގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ މެދު ތެރެއަށް ކުޅޭ ޒުވާން މިޑްފީލްޑަރު އަހުމަދު އައިހަމް (ފަތޯ) އާއި އެޓީމުގެ ޑިފެންޑަރު މުހައްމަދު ނިޒާމް (ޕީކޭ) ގެ އިތުރުން ބުރު ސްޕޯޓްސް ކްލަބުގެ ވިންގް ބެކް އިބްރާހީމް އުސާމާ ހިމެނެއެވެ. އަދި އޭގެ އިތުރުން ސްކޮޑުގައި ކްލަބު އީގަލްސްގެ ޒުވާން ޑިފެންޑަރު ހުމައިދު ހުސައިން ވެސް ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ހިމަނާފައިވެއެވެ.
- ސަމޫހު އަލީ (ސަމުއްޓެ)
- އަހުމަދު ނޫމާން (ހެލްމެޓް)
- ހުސައިން ޝިފާއު (ކްރޯ)
- އިބްރާހީމް އައިސަމް
- ހައިޝަމް ހަސަން (ބިޑި)
- ހަސަން ރާއިފް (ހަންނަ)
- ހުސައިން ނިހާން (ނިހާޓް)
- ހަސަން ޝިފާޒް (ޑުންގާ)
- ހަމްޒާ މުހައްމަދު (ހަމްޕު)
- ހުސައިން ޝަރީފް/ ގޯލްކީޕަރު
- ނާއިޒް ހަސަން (ދާދު)
- މުހައްމަދު އިރުފާން (އިރޭ)
- އަލީ ފާސިރު (ސެންޓޭ)
- މުހައްމަދު ފައިސަލް/ ގޯލްކީޕަރު
- އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)
- ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ)
- ހުމައިދު ހުސައިން
- މުހައްމަދު ޝަފީއު (ޗެކް)/ ގޯލްކީޕަރު
- އަހުމަދު އައިހަމް (ޕަތޯ)
- މުހައްމަދު ނިޒާމް (ޕީކޭ)
- އަހްނަފު ރަޝީދު (އަހުއްކޮ)
- އިބްރާހީމް އުސާމާ
- އިބްރާހީމް ވަހީދު ހަސަން (އިއްބެ)
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023