ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އަދާލަތު ޕާޓީގެ އިލްމުވެރިންނާ ބައްދަލުކުރައްވައިފިއެވެ.
އަދާލަތު ޕާޓީން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެ ބައްދަލުވުމަކީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއިދުކުރަން ނިންމާފައިވާތީ، އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން އެ މަނިކުފާނުގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
އަދާލަތު ޕާޓީއަކީ މިހާރުވެސް ސަރުކާރު ކޯލިޝަންގެ ބައިވެރިއެކެވެ. އެ ޕާޓީން މި އަހަރުގެ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހު ވަނީ ރައީސް ސޯލިހަށް ތާއިދުކުރައްވަން ނިންމައި، ސަރުކާރާ އެކު ކުރިއަށް ދިއުމަށް ނިންމައިފައެވެ. މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް އިންވެސް ވަނީ ރައީސް ސޯލިހާއެކު ކުރިއަށްދާން ނިންމައިފައެވެ.
ނަމަވެސް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ފަރާތުން އެ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމަވައިފައެވެ. އަދި މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ގޮތެއް ނިންމާފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު