ޗެލްސީގެ އާ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބޭނުން ނުވާތީ، ޖާއޯ ފެލިކްސް އެކްލަބު ދޫކޮށް އަލުން އެތުލެޓިކޯ މެޑްރިޑަށް ދާން ނިންމާފައިވާ ކަމަށް އެތުލެޓިކޯގެ ރައީސް އެންރިކޭ ސެރެޒޯ ވިދާޅުވެއްޖެއެވެ.
ޕޯޗުގަލްގެ ޒުވާން ތަރި ފެލިކްސް، މި ސީޒަނަށް ޗެލްސީއަށް ދިޔައީ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވެފައި އޮތް އިރު، ލޯން ނިމުމުން ގަނެވޭނެ ބައެއް އެއްބަސްވުމުގައި ހިމަނާފައެއް ނުވެއެވެ. އެހެންކަމުން އޭނާގެ ކުރިމަގަށް ގޮތެއް ނިންމުން އޮތީ ދެ ކްލަބުގެ އަތްމަތީގައެވެ.
ފެލިކްސް ޗެލްސީގައި މަޑުކުރަން ބޭނުންވެފައި ހުރި ނަމަވެސް، އެތުލެޓިކޯގެ ރައީސް ސެރެޒޯ ވިދާޅުވީ، މީގެ 24 ގަޑިއިރު ކުރިން ފެލިކްސް ބޭނުން ނުވާ ކަމަށް ޗެލްސީން އަންގާފައިވާ ކަމަށާއި އޭނާ އެނބުރި އެތުލެޓިކޯއަށް ގޮސް، ކުރިމަގާމެދު ވަކި ގޮތެއް ނިންމާނެ ކަމަށެވެ.
ޗެލްސީއަށް ނިމިގެން ދިޔައީ އުނދަގޫ ސީޒަނަކެވެ. އެޓީމުން ސީޒަން ފެށީ ތޯމަސް ޓުޗެލްއާ އެކު ނަމަވެސް ފުރަތަމަ ކޮޅުގެ ނަތީޖާތައް ދަށްވެ، ގްރަހަމް ޕޮޓާއާ ކޯޗުކަން ހަވާލުކުރިއެވެ. އެހިސާބުންވެސް ޗެލްސީގެ ހާލަތު ރަނގަޅުވެފައިނުވާ އިރު، ފަހު ކޮޅަށް ގޮސް އޭނާވެސް މަގާމުން ބޭރު ކުރިއެވެ. ޗެލްސީން ކްލަބު ލެޖެންޑް ފްރޭންކް ލަމްޕާޑުގެ ކޯޗުކަމުގައި ސީޒަން ނިންމާލި އިރު، އެޓީމަށް ލިބުނީ ލީގުގެ 12 ވަނައިގައެވެ. އެއީ މިދިޔަ 25 އަހަރު ތެރޭގައިވެސް ޗެލްސީއަށް ލީގުގައި ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ.
ޗެލްސީއަށް މިދިޔަ ސީޒަނުގައި ދަށް ނަތީޖާތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް، އެންމެ ރަނގަޅަށް ކުޅުނު އެއް ކުޅުންތެރިޔަކީ ފެލިކްސްއެވެ. 16 މެޗުން ހަތަރު ގޯލު ފެލިކްސް ޖަހާފައިވާ އިރު، އޭނާގެ ކުޅުން ރަނގަޅުކަން ގިނަ މެޗުތަކުގައި ފާހަގަވެފައިވެއެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ