ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ ރާއްޖެ ދަރަނިން ސަލާމަތްކޮށް ގައުމަށް ހަމަޖެހުން ގެނައުމަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ ގާސިމް ރޭގެ ވަގުތެއްގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ގައުމުގެ ކުރިމަގު އުޖާލާކޮށް، ރައްޔިތުންނަށް ހަމަޖެހުމާއި ތަރައްގީ ގެނެސް، ދަރަނިން ސަލާމަތްވެފައިވާ ގައުމަކަށް ދިވެހި ގައުމު ހެދުމަށް ޖޭޕީއާއެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އެދޭ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މިއީ ޖޭޕީގެ ފަހަރު،" ގާސިމް ވިދާޅުވިއެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރައްވާ އިރު، ކެމްޕޭން މެނޭޖަރަކަށް ހަމަޖައްސާފައި ވަނީ އޭނާގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހުމަދާއި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމެވެ.
ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަކުރާ އިރު، އެ ޕާޓީން އަންނަނީ ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ ހަރަކާތްތައްވެސް ކުރިއަށްގެންދަމުންނެވެ. އެގޮތުން އެކި ދާއިރާތަކުން އިއްޔެ އެކަނިވެސް 600 އަށް ވުރެ ގިނަ މީހުން ޖޭޕީއާ ގުޅިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު