ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ތިއްބެވި އެމްޑީޕީ މެންބަރުންގެ ތެރެއިން 12 މެންބަރަކު އެ ޕާޓީން އިއްޔެ ވަކިވެފައިވާއިރު، އެ މެންބަރުން އެކަން މަޖިލީހަށް އެންގެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީސް ރައީސް ވިދާޅުވީ، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެމްޑީޕީން ވަކިކުރިކަން އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އަންގާފައިވާ ކަމަށެވެ. އެއާ ގުޅިގެން މަޖިލީހުގައި ހިމެނޭ ޕާލަމެންޓްރީ ގްރޫޕުތަކުގެ އަދަދަށް ބަދަލު އަންނާނެ ކަމަށެވެ.
އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުން އިއްޔެ އެމްޑީޕީން ވަކިވެފައިވާކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން މަޖިލީހަށް އަންގާފައިވާ ކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.
"ނަމަވެސް މަޖިލިސް ގަވާއިދު ބުނާގޮތުން މިދެންނެވި 12 ބޭފުޅުން އަދި މަޖިލީހަށް ލިޔުއްވަން އެބަޖެހޭ ތިބޭފުޅުން އެމްޑީޕީން ވަކިވިކަމަށް އެހެން ތިބޭފުޅުން ލިޔުއްވީމާ ދަފުތަރުން ތިބޭފުޅުންގެ ޕާޓީ ބަދަލުވެގެންދާނީ،"
މަޖިލީހުގެ ގަވައިދުގެ 36 ވަނަ މާއްދާގައި ބުނަނީ މެންބަރަކު ވަކިވާނަމަ އެކަން އިލެކްޝަންސް ކޮމިޝަނާއި މަޖިލީހުގެ ރައީސަށް އަންގަންވާނެ ކަމަށެވެ.
ރައީސް ނަޝީދުގެ ފިކުރެއްގެ ދިރުމަށް ނިސްބަތްވާ މެންބަރުން އެމްޑީޕީން އިއްޔެ ވަކިވެފައިވަނީ އާ ޕާޓީއެއް ހެދުމަށެވެ.
ނަމަވެސް މިހާތަނަށް ނަޝީދު އެމްޑީޕީން އިސްތިއުފާ ދެއްވާފައެއްނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު