ރިޔާސީ އިންތިހާބުގެ މަސައްކަތްތަކަށް އިލެކްޝަން ކޮމިޝަން (އީސީ)ގެ ވަޒީފާތަކަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

އީސީން މިއަދު ކުރި އިއުލާނެއްގައި ވަނީ 13 ދާއިރާއަކުން ވަޒީފާއަށް ހުޅުވާލައިފައެވެ.

  • ކޮމްޕްލެއިންޓްސް ބިއުރޯގެ މެމްބަރު
  • ޓެކް އޮފިސަރު
  • މަސައްކަތު
  • ސަޕޯޓް އޮފިސަރު
  • ސެކިއުރިޓީ އޮފިސަރު
  • ޑްރައިވަރު
  • ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވާ އޮފިޝަލުން
  • މީޑިއާ އޮފިސަރު
  • މެނޭޖަރު
  • ގްރެފިކްސް ޑިޒައިނަރު
  • ފޮޓޯގްރާފަރު
  • ސީނިއާ އޮފިސަރު
  • އޮފިސަރު

އީސީީން ބުނީ އެ ވަޒީފާތަކަށް މީހުން ހޮވާނީ ވަގުތުން އިންޓަވިއު ކުރުމަށްފަހު ކަމަށާއި އިންޓަވިއު ކުރުން އޮންނާނީ މި ހަފުތާގެ ބަންދު ދެ ދުވަހު ދަރުބާރު ގޭގައި ހެނދުނު 10:00 އަކުން ރޭގަނޑު 10:00 އަށް ކަމަށެވެ.

އިންޓަވިއުއަށް ހާޒިރުވާ ފަރާތްތަކުން އައިޑީ ކާޑާއި ތައުލީމީ ސެޓްފިކެޓުތައް ގެންނަންވާނެ ކަމަށް އީސީން ބުންޏެވެ.