މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ސިޔާސަތަކީ ގޯތީގެ ރަޖިސްޓަރީ ހިފައިގެން ދިއުމުން ގެދޮރުވެރިކަމަށް ލޯނު ލިބޭނެ ގޮތް ހެދުން ކަމުގައި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވެއްޖެއެެވެ.
އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް ކެންޕެއިން ހަރަކާތްތައް އިތުރުކުރުމަށް ލ.ގަން، މުކުރިމަގުގައި އެމްއެެންޕީގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ، އެމްއެެންޕީގެ އަމާޒަކީ ދިވެހި ރައްޔިތުންނަކީ ފުދުންތެރި ބަޔަކަށް ހެދުން ކަމަށެވެ.
ނާޒިމް ވިދާޅުވީ، އެމްއެންޕީން މަސައްކަތްކުރަނީ މިހާރު އޮތް ވެރިކަން ބަދަލުކޮށް ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމަށް ކަމަށެެވެ.
ބޯހިޔާވަހިކަމަކީ އެމްއެންޕީގެ ސަރުކާރެއްގައި ހާއްސަ އިސްކަމެއް ދޭނެ ކަމެއްކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ، އެމްއެންޕީގެ ސިޔާސަތަކީ ރަހުނަކާ ނުލައި ގެދޮރުވެރިކަމުގެ ލޯނު ލިބޭ ގޮތްވުން ކަމަށެވެ،
"އަޅުގަނޑުމެންގެ ސިޔާސަތަކީ އެމީހެއްގެ ގޯތީގެ ރަޖިސްޓަރީ ހިފައިގެން ދިޔައީމާ ރަހުނަކާ ނުލައި ސަރުކާރުން ގެރެންޓީ ދީގެން ލޯނު ލިބޭނެ ނިޒާމެއް ގާއިމުކުރުން" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ، އެމްއެެންޕީގެ ވެރިކަމެއްގައި އަންހެނުންނަށް ހިލޭ ޕެޑް ލިބޭނެ ކަމަށެވެ. އަދި 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށްވެސް ރޯދަ އެލަވަންސް ލިބޭނެ ކަމަށެވެ
ޚަބަރު
ޚަބަރު
ޚަބަރު