Close
ޚަބަރު

ފޭކް ޑޮލަރު ވިއްކަން އިސްތިހާރުކުރާ މައްސަލަ އެމްއެމްއޭއިން ފުލުހަށް ހުށަހަޅައިފި

ސައްހަ ނޫން ޑޮލަރު ވިއްކަން ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރާ މައްސަލަ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ފުލުހަށް ހުށަހަޅައިފިއެވެ.

އެމްއެމްއޭގެ މީޑިއާ އޮފިޝަލް މުހައްމަދު ނާސިހް "ވަން" އަށް މިއަދު ވިދާޅުވީ، ފޭކް ޑޮލަރު ވިއްކާ ކަމަށް ބުނެ އިޝްތިހާރު ކުރާ މައްސަލަ އެމްއެމްއޭގެ ސަމާލުކަމަށް އައުމާއެކު އެ މައްސަލަ ބެލުމަށް ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށެވެ.

ފޭސްބުކްގައި ދައުރުވަމުން އަންނަ ޕޯސްޓްތަކެއްގައި ބުނެފައިވާ ގޮތުގައި ވިއްކަނީ "ސުޕަ ކޮލިޓީ" ޑޮލަރެވެ. އެ ޑޮލަރުތަކަކީ އޭޓީއެމް މެދުވެރިކޮށް ޖަމާކުރެވޭ އަސްލު ޑޮލަރުގެ ކޮޕީއެއް ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އަސްލު ޑޮލަރުގައި ހުންނަ ސަލާމަތީ ހުރިހާ ފީޗާތަކެއްވެސް ފޭކް ޑޮލަރުގައި ހުންނާނެ ކަމަށް ބުނެފައިވެއެވެ.