ނ. މަނަދޫގައި މިދިޔަ ހުކުރުދުވަހު މަރުވެފައި އޮއްވާ ފެނުނު، މި ރަށު އަންނާރުމާގެ/ ނައިމާ މޫސާގެ މަރާ ގުޅިގެން މި ރަށު ފަޅުގެ ގެއެއެއް ބަލައި ފާސްކުރަން ފަށައިފިއެވެ.

މިގެއަކީ ނައީމާގެ ހަށިގަނޑު ފެނުނު ގެއާ ވަރަށް ދުރުގައި ހުންނަ ގެއެކެވެ. ބަލައި ފާސްކުރަމުން އަންނަ ހުސް ގޯތި އޮތީ ހޮސްޕިޓަލުގެ ބިއްދޮށު ހިސާބުގައެވެ. ފުލުހުން ބަލައި ފާސްކުރަމުން އަންނަނީ އެ ތަނުގައި ހުރި ޓިނު ގުނަދެއް ފަދަ ތަނެކެވެ.

މި ތަން ބަލައި ފާސްކުރުމަށް 10 ވަރަކަށް ފުލުހުން އައިސްފައިވެ އެވެ. މިއީ އެއްވެސް ކަހަލަ ބޮޑު އިމާރާތެއް ކޮށްފައި ނެތް ތަނެކެވެ. ޓިނުން ހަދާފައި ހުރި ތަންކޮޅުގެ ތެރެއަށް ގިނަ ފުލުހުން ވަދެފައިވެއެވެ.

ބޭރުގައި އެއް ފުލުހަކު ބަހައްޓާފައި އެބަ ހުއްޓެވެ.