ނ. މަނަދޫ ގެއެއްގައި އެކަނި ދިރިއުޅެމުންދިޔަ މީހަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުން މިއަދު ބުނީ މަނަދޫ ގެއެއްގައި އެކަނި ދިރިއުޅެމުންދިޔަ 62 އަހަރުގެ އަންހެނެއްގެ ހަބަރު ނުވާ ކަމަށް މިއަދު އިރުއޮއްސި 6:13 ހާއިރު އޭނާގެ އާއިލާއިން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ރިޕޯޓު ލިބުމުން އޭނާ ދިރިއުޅޭ ގެއަށް ގޮސް، އެގޭ ކޮޓަރި ދޮރު ވައްޓާލައި، ކޮޓަރިއަށް ވަން އިރު ކޮޓަރިތެރޭ ބިންމަތީގައި އަންހެން މީހާ މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ އެކަމާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.