ހުޅުމާލޭގައި ޕިކަޕަކާއި ސައިކަލެއް ޖެހި، މިއަދު ހިނގި އެކްސިޑެންޓެއްްގައި މީހަކު މަރުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އެމްޕީއެލް ފްލެޓް ކައިރިން މިއަދު ހިނގި އެ އެކްސިޑެންޓުގެ މައުލޫމާތު ލިބުނީ ހެނދުނު 9:56 ގައެވެ.

އެ އެކްސިޑެންޓުގައި މަރުވީ 59 އަހަރުގެ ފިރިހެން މީހެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މި އެކްސިޑެންޓުގެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.