އުމްރާގެ އަޅުކަމަށް ދިޔަ ދިވެއްސަކު މަރުވެއްޖެއެވެ.

މަރުވެފައިވަނީ އައްޑޫސިޓީ ހިތަދޫ، ހިޖުރަ، މުހައްމަދު ރަފީއުއެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު "ވަން" މިރޭ ވިދާޅުވީ މުހައްމަދު ރަފީއު މަރުވެފައިވާކަމުގެ މައުލޫމާތު ކައުންސިލަށް ލިބިފައިވާ ކަމަށާއި އޭނާ މަރުވެފައިވަނީ ރާއްޖޭގެ ގަޑިން މިރޭ 9:00 ހާއިރު ކަމަށެވެ.

ރަފީއުގެ ސިއްހީ އެއްވެސް ބޮޑު މައްސަލައެއް ނޫޅޭ ކަމަށާއި ނަމަވެސް މަރުވި އިރު އޭނާ ހުރީ ރޯގާ ޖެހިފައި ކަމަށް ނިޒާރު ވިދާޅުވިއެވެ.

މުހައްމަދު ރަފީއު އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ ދިޔައީ އަލް އައިން ހައްޖު އެންޑް އުމްރާ ގްރޫޕުގެ ފަރާތުންނެވެ.