ހެންވޭރު އޮފީހެއް ފަޅާލައި 700،000 އަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލަ އެ އިދާރާއަށް ރިޕޯޓު ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން މިއަދު 43 އަހަރުގެ ދިވެހި ފިރިހެނަކު މާލެއިން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މީހާ ހައްޔަރުކުރުމަށްފަހު އޭނާ ދިރިއުޅޭތަން ބަލައިފާސްކޮށް 500،000 އަށްވުރެ ގިނަ ރުފިޔާ ހޯދިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ސީރިއަސް އެންޑް އޯގަނައިޒް ކުރައިމް ޑިމާޓްމެންޓުން ދަނީ އެ ވައްކަމުގެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.