ފަތުރުވެރިއްގެ ކޭޝްކާޑެއް ވަގަށްނަގައި އެބޭނުން ކޮށްގެން 5،000 ރުފިޔާގެ ވިޔަފާރި ކުރި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ދަބަސް ވަގަށް ނަގައި އެ ދަބަހުގައި އޮތް ކޭޝްކާޑެއް ބޭނުން ކޮށްގެން 5،000 ރުފިޔާގެ ވިޔަފާރި ކުރި މައްސަލައާ ގުޅިގެން 42 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިއަދު އެ މައްސަލަ ރިޕޯޓުކުރުމާއެކު ފުލުހުންގެ ސީސީޓީވީ ފުޓޭޖު ބަލައި އެ މީހާ ދެނެގަތުމަށްފަހު ކަމަށެވެ.
ފަތުރުވެރިޔާގެ ކޭޝްކާޑު ބޭނުންކޮށްގެން ގަނެފައިވާ ތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ގަލޮޅު ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.