ރާއްޖެއިން އިރާނާއެކު ސިޔާސީ ގުޅުން ގާއިމުކުރަން ނިންމައިފިއެވެ.
ފޮރިން މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ސައުދީ އަރަބިއްޔާ އަދި އީރާނާ ދެމެދުގައި އަލުން ސިޔާސީ ގުޅުން ގާއިމުކޮށް ދެ ގައުމުގައި އެމްބަސީތައް އަލުން ހުޅުވުމަށާއި ގައުމުތަކުގެ ސިޔާދަތަށް ހުރުމަތްތެރިކޮށް ހިތުމާއި ގައުމުތަކުގެ ދާހީލީ ކަންކަމާ ނުބެހުމާ ގުޅޭ އަސާސް، އަލުން ކަށަވަރުކޮށް ސައޫދީން އާއި އީރާން އަދި ޗައިނާއިން ގުޅިގެން ނެރުނު ބަޔާނަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔާ ކަމަށެވެ.
"މިހެޔޮ ބަދަލުތަކުގެ އަލީގައި ދިވެހި ސަރުކާރުން އީރާނާއެކު އަލުން ސިޔާސީ ގުޅުން ގާއިމުކުރުމަށް ވަނީ ނިންމާފައި" ފޮރިން މިނިސްޓްރީން ބުންޏެވެ.
ރާއްޖެ އާއި އިރާނާ ދެމެދު ސިޔާސީ ގުޅުން ކަނޑާލާފައިވަނީ 2016 ވަނަ އަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހު އެއިރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. ރާއްޖެއިން އިރާނާއެކު އޮތް ސިޔާސީ ގުޅުން ކަނޑާލީ މެދުއިރުމަތީގެ ސުލްހަޔާއި ހަމަޖެހުން ގެއްލޭ ފަދަ ކަންކަން އިރާނުން ކުރަމުންދާކަމަށް ބުނެއެވެ.
އިރާންއަށް ފަހު އެއިރުގެ ސަރުކާރުން ގަތަރާއެކު އޮތް ސިޔާސީ ގުޅުން 2017 ވަނަ އަހަރުގެ ޖޫން މަހުގެ ފަސް ވަނަ ދުވަހު ކަނޑާލައިފައެވެ. ރާއްޖެއިން އަލުން ގަތަރާއެކު ސިޔާސީ ގުޅުން ގާއިމްކުރީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ހަވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު