ހުސްވެފައިވާ ރައްޔިތުން މަޖިލީހުގެ ކ. ގުރައިދޫ ދާއިރާ ގޮނޑީގެ ބައި އިލެކްޝަނަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ކެންޑިޑޭޓަކު ނެރެން ނިންމައި، ޕްރައިމަރީގައި ވާދަކުރަން ހުޅުވާލައިފިއެވެ.
އެމްއެންޕީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރަން ބޭނުންވާ އެ ޕާޓީގެ މެންބަރުން އެކަމަށް އެދޭ ފޯމް އަންނަ އަންގާރަ ދުވަހުގެ ކުރިން ހުށަހަޅަންޖެހޭނެ ކަމަށެވެ.
އަދި ޕްރައިމަރީ ބާއްވަން ޖެހިއްޖެނަމަ މި މަހުގެ 10 ވަނަ ދުވަހު ޕްރައިމަރީ ބާއްވާނެ ކަމަށް ބުންޏެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެމްބަރު، އިބްރާހިމް ރިޒާ ކުއްލި ގޮތަކަށް މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު މެލޭޝިއާގައި އަވަހާރަވުމާ ގުޅިގެނެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާއިރު، ވާދަކުރުމުގެ ފުރުސަތު ހުޅުވާލީ ފެބްރުއަރީ 27 ގައެވެ.
އެ އިންތިހާބުގައި ވާދަކުރާން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިންވެސް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އެ ޕާޓީގެ ޓިކެޓް ހޯދަން ހަތަރު ކެންޑިޑޭޓަކު ކުރިމަތިލި އިރު، ޕްރައިމަރީ ބާއްވަން ނިންމާފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު