އާޖެންޓީނާއާއެކު ގަތަރު ވޯލްޑް ކަޕް 2022 ކާމިޔާބުކުރި ޓީމުގައި ހިމެނޭ ހުރިހާ ކުޅުންތެރިންނާއި ކޯޗިން ޓީމަށް ކަސްޓަމް ޑިޒައިން ރަން އައިފޯނު ދިނުމަށް ކެޕްޓަން ލިއޮނަލް މެސީ މަސައްކަތް ކުރާ ކަމަށް ނޫސްތައް ބުނެފިއެވެ.
ހަބަރުތައް ބުނި ގޮތުގައި އާޖެންޓީނާގެ ވޯލްޑް ކަޕް ސްކޮޑަށް ރަން އައިފޯނު ދިނުމަށް މެސީ ވަނީ 35 އައިފޯނަށް އޯޑަރު ކޮށްފައެވެ. މެސީ އެ އޯޑަރު ކޮށްފައިވަނީ ކަސްޓަމް ޑިޒައިންގައި އައިފޯނު ފޯރުކޮށްދޭ ކުންފުންޏެއް ކަމަށް އައިޑިޒައިން ގޯލްޑް ކިޔާ ކުންފުންޏަކަށެވެ. އައިޑިޒައިން ގޯލްޑަކީ އެކި ޑިޒައިންތަކުގައި އައިފޯނު ތައްޔާރުކޮށްދޭ ހާއްސަ ކުންފުންޏެކެވެ.
ބެން ލިޔޯންސް، އައިޑިޒައިން ގޯލްޑްގެ ސީއީއޯ "ދަ ސަން" އަށް ބުނީ މެސީއަކީ އެ ކުންފުނީގެ ލޯޔަލް ކަސްޓަމަރެއް ކަމަށާއި، ވޯލްޑް ކަޕަށްފަހު މެސީ އެމީހުންނާ ގުޅައި، ކުޅުންތެރިންނާއި ސްޓާފުންނަށް ދޭން ހާއްސަ ހަދިޔާއެއް ހޯދަން މަސައްކަތް ކުރި ކަމަށެވެ. ގަޑި ކަހަލަ އެއްޗެއް ދޭން މެސީ ބޭނުން ނުވުމުން އެ ކުންފުނިން ލަފާދިނީ ރަން އައިފޯނު ތައްޔާރު ކުރުމަށް ކަމަށްވެސް ބެން ލިޔޯންސް ބުންޏެވެ.
އައިޑިޒައިން ގޯލްޑް ކުންފުނީގެ ސޯޝަލް މީޑިއާގައި މެސީގެ އޯޑަރަށް ތައްޔާރުކޮށްފައިވާ އައިފޯނުތައް މިހާރު ދައްކާލާފައިވާ އިރު، ކޮންމެ ފޯނެއް ތައްޔާރު ކުރުމަށް 24 ކެރެޓް ރަން ބޭނުންކޮށްފައިވެއެވެ. ހަބަރުތައް ބުނެފައިވާ ގޮތުން 35 ފޯނަށް މެސީ އަތުން 175،000 ޕައުންޑް ހަރަދު ވާނެއެވެ.
އާޖެންޓީނާއާއެކު މެސީ ގަތަރު ވޯލްޑް ކަޕް 2022 އުފުލާލީ އެ ވޯލްޑް ކަޕްގެ ރަން ބޯޅަ ހޯދައިގެންނެވެ. އާޖެންޓީނާ އިން ވޯލްޑް ކަޕް ހޯދާފައިވަނީ 36 އަހަރުގެ އިންތިޒާރަކަށް ފަހުއެވެ. މިދިޔަ އަހަރުގެ ވޯލްޑް ކަޕް އާޖެންޓީނާގެ ކެޕްޓަން މެސީއަށް ހާއްސަވެފައި އޮތް އިރު، އެއީ އޭނާގެ ކެރިއަރުގައި ހޯދި ފުރަތަމަ ވޯލްޑް ކަޕެވެ. ގަތަރު ވޯލްޑް ކަޕްގައި މެސީ ހަތް ގޯލު ޖަހައި ބޮޑު ތަފާތެއް ދެއްކިއެވެ.
ވޯލްޑް ކަޕަށް ދިއުމުގެ ކުރިން އެއީ ފަހު ވޯލްޑް ކަޕް ކަމަށްވެސް މެސީ އޮތީ ކުރިން އިއުލާނުކޮށްފައެވެ.
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ