ތިން ފަނޑިޔާރަކާ ގުޅިގެން ބަލަމުންދިޔަ ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފިއެވެ.
ޖޭއެސްސީން ތަހުގީގު ކުރަމުން ގޮސްފައިވަނީ ހައިކޯޓު ފަނޑިޔާރު ހުސައިން ޝަހީދުގެ ސުލޫކީ ދެ މައްސަލަ އާއި ކްރިމިނަލް ކޯޓުގެ ގާޒީ ސޮފްއަތު ހަބީބުގެ ސުލޫކީ މައްސަލައެއްގެ އިތުރުން ސިވިލް ކޯޓުގެ ގާޒީ މަރްޔަމް ވަހީދުގެ ސުލޫކީ މައްސަލައެކެވެ.
ފަނޑިޔާރު ހުސައިން ޝަހީދުގެ ދެ މައްސަލަ ބަލަން ޖޭއެސްސީން އޭނާއަށް ނޯޓިސް ދިނީ 7 އޮގަސްޓް 2019 ގައެވެ. ގާޒީ ސޮފްއަތުގެ މައްސަލަ ބަލަން 10 ނޮވެމްބަރު 2022 ގައި ނޯޓިސް ދީފައިވާއިރު ގާޒީ މަރްޔަމް ވަހީދަށް ޖޭއެސްސީން ނޯޓިސް ދިނީ 6 ޖެނުއަރީ 2021 ގައެވެ.
ޖޭއެސްސީން މިއަދު ބުނީ، އެ މައްސަލަތައް ކޮމިޝަނުން ތަހުގީގުކޮށް، ސާބިތުނުވާކަމަށް މިދިޔަ އާދިއްތަ ދުވަހު ބޭއްވި އެ ކޮމިޝަންގެ 12 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު