މިސްކިތެއް ތެރޭގައި ކުޑަ ކުއްޖަކަށް ޖިންސީ ފުރައްސާރަކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީ މީހާގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި، އެ މައްސަލައިގައި މިދިޔަ އަންގާރަ ދުވަހު ހައްޔަރުކޮށްފައިވަނީ ޗާނދަނީމަގުގައި ހުންނަ ޖަލާލުއްދީން މިސްކިތުގައި މަސައްކަތް ކުރާ ބިދޭސީއެކެވެ. އެ މީހާ ވަނީ އެ މިސްކިތަށް ނަމާދަށް ދިޔަ ދިހަ އަހަރުގެ ފިރިހެން ކުއްޖަކަށް އޭނާގެ ޖިންސީ ގުނަވަން ދައްކައިފައިކަންވެސް އެނގިފައިވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު "ވަން" އަށް މިއަދު ވިދާޅުވީ، އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިޔުމުން ބަންދަށް 30 ދުވަހުގެ މުއްދަތެއް ޖަހާފައިވާ ކަމަށެވެ.
މިސްކިތަށް ދިޔަ ކުއްޖަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ފެންމަތިވިއިރު، މިދިޔަ މަހުގެ ތެރޭގައިވަނީ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ދެ މައްސަލައެއްގައި 60 އަހަރުގެ މީހަކާއި 73 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު