ވެރިކަމުގެ ދައުރެއްގެ ތެރޭ ފެށި ފްލެޓް އިމާރާތެއްގެ މަސައްކަތް ނިންމައި އެ ތަނުން ރައްޔިތުން ބޯހިޔާވަހިކުރާ ފުރަތަމަ އަހަރަކަށް މި އަހަރު ވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މިދިޔަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ، މާލޭ ރައްޔިތުންނަށް ހުޅުމާލޭން 1000 ގޯތި، ގުޅިފަޅުން 2000 ގޯތި އަދި ގިރާވަރު ފަޅު ހިއްކައިގެން އެ ބިމުން 2000 ގޯތި ދޭނެ ކަމަށާއި 4000 ފްލެޓު ދޭނެ ކަމަށް ވިދާޅުވެފައެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން މިއަދު ބޭއްވި މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއަށް ރިޔާސީ ބަޔާން އިއްވަަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެ ދުވަހު ދެންނެވި ގޮތަށް އެ މަސައްކަތް ކުރުމުގެ އެއްވެސް ކަސިޔާރު ކަމެއް ނެތް ކަމަށެވެ.
"އެ ދުވަހު ދެންނެވި ގޮތަށް އެ މަސައްކަތް ނިންމަން ސަރުކާރުން ހިފި އަމާޒުގައި އެއްވެސް ކަސިޔާރު ކަމެއް ނެތް. ދައުރެއްގެ ތެރޭގައި ބިންގަލުން ފެށި ފްލެޓް އިމާރާތެއް ނިންމައި، ރައްޔިތުން ބޯހިޔާވަހި ކުރާ ފުރަތަމަ އަހަރަށް މިއަހަރު ވެގެންދާނެ. އެ ފްލެޓްތަކަކީ ޖާގައިގެ ގޮތުން ތަނަވަސް، ތަފާތު ފްލެޓުތަކަކަށް ވެގެންދާނެ," ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ އަނެއް ކޮމްޕޯނަންޓަކީ ހައުސިން ލޯނު ކަމަށާއި މިދިޔަ މަހުގެ ނިޔަލަށް ގެދޮރުވެރިޔާ ލޯނުގެ 579 އެޕްލިކޭޝަން ސަރުކާރަށް ލިބުނު ކަމަށެވެ. އަދި އޭގެ 55 ޕަސެންޓް ލޯނު މިހާރު އެޕްރޫވްކޮށް، 249 ފަރާތަކާއެކު ލޯނު އެއްބަސްވުމުގައި ސޮއިކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން އަތޮޅުތެރޭގައި އިމާރާތް ކުރާ ހައުސިން ޔުނިޓުތަކުން 556 ހައުސިން ޔުނިޓް އަންނަ މެއި މަހުގެ ނިޔަލަށް އެއްކޮށް ނިންމާނެ ކަމަށާއި އިތުރު 2200 ހައުސިން ޔުނިޓުގެ މަސައްކަތް އަތޮޅުތެރޭގައި މިހާރު ހިނގަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު