ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލަވަންސް އަންނަ ޖޫން މަހުން ފެށިގެން ބޮޑުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސޯލިހު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ބެހޭ ގާނޫނުގެ ދަށުން އެކުލަވާލަންޖެހިފައި އޮތް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ރަޖިސްޓްރީ އެކުލަވާލައި ނިންމާފައިވާ ކަމަށެވެ.
ރައީސް ސޯލިހު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ އެލަވަންސް އަންނަ ޖޫން މަހުންފެށިގެން ބޮޑުކުރާނެ ކަމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުމުރުން 18 އަހަރު ފުރުމުން ބޭނުންވާ ހިދުމަތްތަކަށް ވަކި ސެންޓަރެއް ވެސް މިހަފުތާތެރޭ ހުޅުމާލޭގައި ހުޅުވާނެ ކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ދެނީ މަހަކު 2،000 ރުފިޔާގެ އެލަވަންސެކެވެ. އެއީ މާ ކުޑަ މިންވަރެއް ކަމަށް ބުނެ، އެ އެލަވަންސް 5000 ރުފިޔާ އަށް ބޮޑުކޮށްދިނުމަށް، ލޯފަން މީހުންނާ އެކު ރައީސް ސޯލިހު 2021 ވަނަ އަހަރު ބޭއްވެވި ބައްދަލުވުމެއްގައި އެ މީހުންގެ ފަރާތުން ވެސް ވަނީ ރައީސް ސޯލިހަށް ދަންނަވާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު