މިހާރު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ އިސް ލީޑަރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވޯޓު ލައްވައިފިއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން މިއަދު ހެނދުނު 9:00 އިން ފެށިގެން ކުރިއަށްދާއިރު، ރައީސް ސޯލިހު ވޯޓު ލައްވާފައިވަނީ އިސްކަންދަރު ސްކޫލުގައި ބަހައްޓާފައި ހުރި ހިންނަވަރު ދާއިރާގެ ވޯޓު ފޮއްޓަށެވެ. ރައީސް ނަޝީދު ވޯޓު ލައްވާފައިވަނީ ޖަމާލުއްދީން ސްކޫލުގައި ހުންނަ ގަލޮޅު އުތުރު ދާއިރާގެ ފޮއްޓަށެވެ.
ވޯޓު ދެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ބޮޑު ތަފާތަކުން ކުރި ހޯއްދެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށާއި އިންތިހާބު އޮޅުވާލުމުގެ ކަމެއް އެމްޑީޕީގެ އިންތިހާބުތަކުގައި ނުހިނގާނެ ކަމަށެވެ.
ވޯޓު ދެއްވުމަށްފަހު ރައީސް ނަޝީދު ނޫސްވެރިންނާ ބައްދަލުކުރައްވާފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު