އުތުރާއި މެދުރާއްޖެ ތެރޭގެ އަތޮޅުތަކުގެ ވައި ނުސާފުވެ، ދުރު ފެންނަ މިންވަރު ދަށްވެއްޖެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިރޭ ބުނީ މި ދުވަސްވަރު އިރުމަތިން ޖެހުމުންދާ ވައިގެ ސަބަބުން އުތުރާއި މެދުރާއްޖެ ތެރޭގައި ވައި ނުސާފު ވެފައިވާ ކަމަށެވެ. ވައި ނުސާފުވުމުގެ ސަބަބުން ހަމަ ލޮލަށް ދުރު ފެންނަ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައި ކަމަށް މެޓް އޮފީހުން ބުންޏެވެ.
"ސާފު ދުވަހެއްގައި 10 ކިލޯމީޓަރަށްވުރެ ދުރު ފެނުނު ނަމަވެސް، ވޭތުވެދިޔަ 24 ގަޑިއިރު، ހާއްސަކޮށް މެދުރާއްޖެތެރޭގެ ސަރަހައްދަށް މި މިންވަރު ހުރީ އެވެރެޖް ގޮތެއްގައި ހަތަރު ކިލޯމީޓަށް ދަށްވެފަ،" މެޓް އޮފީހުން ބުންޏެވެ.
ދުރުފެންނަ މިންވަރު ބަދަލުވުމުގައި ވައިގެ މިސްރާބާއި ބާރުމިން އަދި ވިއްސާރަވުން މުހިންމު ދައުރެއް އަދާކުރާ ކަމަށް މެޓް އޮފީހުން ބުންޏެވެ.