މި ފެށުނު އާ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން މިއަދު ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މައުލޫމާތު ދޭ ގޮތުގައި މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަކީ އާއިލާއާއެކު ޗުއްޓީއަށް ރާއްޖެ ޒިޔާރަތްކުރި ރަޝިޔާގެ ރައްޔިތެއް ކަމަށްވާ ނިކޮލާއި ސްރަޓިޗްއެވެ. މިއީ އޭނާ ރާއްޖެ ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ. އޭނާ ރާއްޖެ އައީ އިއްތިހާދު އެއާވޭސްގެ ފްލައިޓެއްގައި މިއަދު ހެނދުނު 6:05 ގައި ކަމަށްވެސް އެމްއޭސީއެލުން ބުންޏެވެ.
އަހަރުގެ ފުރަތަމަ ފަތުރުވެރިޔާއަށް ރީތި ފަރު ރިސޯޓުން ވަނީ ފަސް ރޭގެ ޗުއްޓީ ދަތުރެއް ދީފައެވެ. އަދި އެމްއެމްޕީއާރުސީ، ޓޫރިޒަމް މިނިސްޓްރީ، އެމްއޭސީއެލް އަދި ދިރާގުގެ ފަރާތުންވެސް އޭނާއަށް ހަދިޔާ ދިނެވެ.
މިދިޔަ އަހަރަށް ސަރުކާރުން ކަނޑައެޅި 1.6 މިލިއަން ފަތުރުވެރިންގެ އަމާޒު މިދިޔަ ޑިސެމްބަރު 20 ވަނަ ދުވަހު ހާސިލުކޮށްފައިވާއިރު، ސަރުކާރުން މި އަހަރަށް ކަނޑައަޅާފައިވަނީ 1.8 މިލިއަން ފަތުރުވެރިން ގެނައުމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު