ލ. ގަން ތުނޑީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ރޭމްޕް ހެދުމާއި އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ނިންމާލައިފިއެވެ.

ޖުމުލަ 33.4 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ އޮގަސްޓް 25، 2021ގައެވެ.

އެ މަޝްރޫއުގެ ފަހުގެ މައުލޫމާތު ދެމުން އެމްޓީސީސީން މިއަދު ބުނީ، މިހާރު ކުރިއަށްދަނީ ޖެޓީއާއި ބްރިޖް ފޫޓިންގެ ކާސްޓިން މަސައްކަތްތައް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 360 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 310 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 2،501 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުމާއި ބްރިޖެއް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.