ފީފާ ވޯލްޑް ކަޕް 2022 ފޯރިގަދަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ހަބޭސް ބޮޑުބެރުގެ ޝޯއެއް މިރޭ ވެސް ބާއްވަން ނިންމައިފިއެވެ.
އުރީދޫން ބުނީ، ހަބޭސްގެ ޝޯ އޮންނަނީ މިރޭ 10:30 ގައި އާޓިފިޝަލް ބީޗުގައި ހަދާފައިވާ އުރީދޫ ފޭން ޒޯންގައި ކަމަށެވެ.
އުރީދޫން ރޭ ބޭއްވި ބޮޑުބެރު ޝޯއަށް ގިނަ ބަޔަކު ވަނީ ގޮސްފައެވެ. އުރީދޫން މިރޭ ވެސް ބޮޑުބެރު ޝޯ އެއް ބާއްވަނީ މެޗު ވެސް ފެށުމުގެ ކުރިން ސަޕޯޓަރުން އެއްވެ، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ހޯދައިދިނުން ކަމަށް އުރީދޫން ބުންޏެވެ.
ބޮޑުބެރު ޝޯގައި ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް އުރީދުން ވަނީ އެދިފައެވެ.
ވޯލްޑް ކަޕްގެ ސެމީގެ ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވެއެވެ. ރޭ އާޖެންޓީނާ އާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗް އާޖެންޓީނާއިން ކާމިޔާބުކޮށް، ފައިނަލުގެ ޖާގަ ވަނީ ކަށަވަރުކޮށްފައެވެ. އާޖެންޓިނާ އެ މެޗުން މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ.
ސެމީ ފައިނަލުގެ ދެވަނަ މެވުގައި މިރޭ 12:00 ގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އާއި މޮރޮކޯއެވެ.
ޚަބަރު
ޚަބަރު
ޚަބަރު