ގަތަރު ވޯލްޑް ކަޕް 2022 ގެ ކުއާޓާ ފައިނަލް ދެވަނަ މެޗުގައި ނެދަލޭންޑްސްއާއި އާޖެންޓީނާ ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
- ނެދަލޭންޑްސް
- ނެދަލޭންޑްސް ގްރޫޕް ސްޓޭޖު ނިންމާލީވެސް ބަލިނުވެ
- އެޓީމުން ސެނެގާލާއި ގަތަރު ބަލިކޮށް، އެކުއެޑޯއާ އެއްވަރުކުރި
- ނެދަލޭންޑްސް ގަދަ 16 ގައި އެމެރިކާ ބަލިކުރީ 3-1 ގެ ނަތީޖާއަކުން
- ނެދަލޭންޑްސް ކޮޅަށް އަދި ވަނީ އެންމެ ދެ ގޯލް، އެޓީމުން ވަނީ އަށް ގޯލު ޖަހާފައި
- އާޖެންޓީނާ
- އާޖެންޓީނާ ގްރޫޕް ސްޓޭޖު ފެށީ ސައުދީ އަތުއްވި ހައިރާންކުރުވަނިވި ބައްޔަކުން
- އޭގެ ފަހުން މެކްސިކޯއާއި ޕޮލެންޑް 2-0 އިން ބަލިކޮށް ގަދަ 16 ހޯދި
- ގަދަ 16ގައި އާޖެންޓީނާއިން އޮސްޓްރޭލިއާ ބަލިކުރީ 2-1 ގެ ނަތީޖާއަކުން
- އާޖެންޓީނާއަށް މިހާތަށް ތަފާތު ދައްކަމުން ދަނީ މެސީ، އޭނާ ވަނީ ތިން ގޯލު މިހާތަނަށް ޖަހާފައި
- ނެދަލޭންޑްސްއާއި އާޖެންޓީނާ އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ކުރިމަތިލީ 1974 ވަނަ އަހަރު
- އެ ފަހަރު ނެދަލޭންޑްސް އިން އާޖެންޓީނާ ބަލިކުރީ 4-0ގެ ނަތީޖާއަކުން
- އޭގެ ހަތަރު އަހަރު ފަހުން އާޖެންޓީނާ އިން ނެދަލޭންޑްސްގެ ކިބައިން ބަދަލުހިފީ އަމިއްލަ ގައުމުގައި
- 1978 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި އިތުރު ވަގުތު ދެ ގޯލު ޖަހައި އާޖެންޓީނާ އިން ނެދަލޭންޑްސް ބަލިކުރީ 3-1ގެ ނަތީޖާއަކުން
- 20 އަހަރު ފަހުން 1998 ވަނަ އަހަރު ފްރާންސް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި އަނެއްކާވެސް ނެދަލޭންޑްސް އިން އާޖެންޓީނާގެ ކިބައިން ބަދަލުހިފި
- ފަހަރު ނެދަލޭންޑްސް އިން އާޖެންޓީނާ ބަލިކޮށް ސެމީއަށް ދިޔަ ނަމަވެސް ސެމީގައި ބްރެޒިލް އަތްދަށުވި
- ދެ ގައުމުން ވޯލްޑް ކަޕްގައި އެންމެފަހުން 2014 ވަނަ އަހަރު ވާދަކޮށް، އާޖެންޓީނާ 1990 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ފައިނަލަށް ދިޔައީ ޕެނަލްޓީގައި ނެދަލޭންޑްސް ބަލިކޮށް
- އެފަހަރު ފައިނަލްގައި އާޖެންޓީނާ ބަލިވީ ޖަރުމަނު އަތުން
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022