މާލޭގެ ފިހާރައަކުން ބޮޑީ ސްޕްރޭ ފުޅިއެއް ވަގަށް ނަގަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ހ. އޮއްކަފަގޭ އަލީ ނާޝިއު 25އ އެވެ. އޭނާ ހައްޔަރުކުރީ މިދިޔަ އަންގާރަ ދުވަހުއެވެ.
ނާޝިއުގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން މައްސަލަ ބެއްލެވި ގާޒީ ސަފްއަތު ހަބީބު ވަނީ ކަސްޓޯޑިއަލް ޖަލެއްގައި އޭނާ 15 ދުވަހަށް ބަންދުކުރުމުގެ އަމުރު ނެރެދެއްވައިފައެވެ.
ނާޝިއު ބަންދުކުރި ކޯޓު އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކުރީ މާލޭގެ ފިހާރައަކުން ބޮޑީ ސްޕްރޭ ފުޅިއެއް ވަގަށް ނަގަން އުޅެނިކޮށެވެ.
ނާޝިއުގެ މައްޗަށް ވައްކަމާއި އިންޒާރުގެ ތުހުމަތު ކުރާއިރު، އޭނާއަކީ މިބާވަތުގެ ކުށުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެއެވެ.