ސިފައިންނާއި ފުލުހުން ގުޅިގެން އައްޑޫއާއި މާލޭގައި ކައުންޓާ އެންޓި ޓެރަރިޒަމްގެ އޮޕަރޭޝަނެއް ފަށައިފިއެވެ.
ފުލުހުން ދާދި ދެންމެ ކުރި ޓުވީޓެއްގައި ބުނީ، ސިފައިންނާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދާ އެންޓި ޓެރަރިޒަމް އޮޕަރޭޝަން އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައިވެސް ކުރިއަށް ގެންދާ ކަމަށެވެ. އޮޕަރޭޝަންގެ އިތުރު ތަފުސީލެއް ނުދެއެވެ.
ފުލުހުން ބުނީ، އޮޕަރޭޝަންގެ އިތުރު ތަފުސީލު ހާމަކުރެވެން އޮތް މިންވަރަކުން ހާމަކުރަމުން ގެންދާނެ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މި އޮޕަރޭޝަންގެ ތެރެއިން އައްޑޫ ސިޓީ ހިތަދޫގައި ހުރި ގެއަކަށް ސިފައިންނާއި ފުލުހުން ވަދެ، އެ ގެ ބަލައިފާސްކުރުމުގެ މަސައްކަތް އެބަ ކުރެއެވެ. އަދި ގެއަކީ މީގެކުރިން ވެސް ހަރުކަށި ފިކުރުގެ މައްސަލައަކާ ގުޅިގެން ފުލުހުން ބަލައި ފާސްކުރި ގެއެއް ކަމަށްވެއެވެ.