ޔޫއެފާ ޔޫރޮޕާ ލީގުގެ ނޮކްއައުޓް ބުރުގައި، ތާރީހީ ދެ ކްލަބު މެންޗެސްޓާ ޔުނައިޓެޑާއި ބާސެލޯނާ ވާދަކުރަން ޖެހިއްޖެއެވެ.
ޔޫއެފާ ޔޫރޮޕާ ލީގުގެ ގަދަ 16ގެ ޕްލޭ އޮފްގައި ޔޫރަޕްގެ ގަދަ ދެބާރު ވާދަކުރަން ޖެހުނު އިރު، އެޓީމަކީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައިވެސް ދެ ސީޒަނެއްގައި ވާދަކުރަން ޖެހިފައިވާ ދެޓީމެވެ. އެގޮތުން 2008-09 އަދި 2010-11 ގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޔުނައިޓެޑާއި ބާސާ ވާދަކޮށް، ދެމެޗުންވެސް ކާމިޔާބު ކޮށްފައި ވަނީ ބާސާއިންނެވެ.
ޔުނައިޓެޑުން ޔޫރޮޕާ ލީގުގެ ގަދަ 16ގެ ޕްލޭ އޮފްގައި ކުޅެން ޖެހުނީ ގްރޫޕް އީގެ އެއްވަނަ ނުލިބުމުންނެވެ. އެޓީމުން ހަ މެޗު ކުޅެ، ދެވަނައިގައި ނިންމާލީ 15 ޕޮއިންޓާ އެކުގައެވެ. ރެއާލް ސޮސިއެދާދުން އެ ގްރޫޕުގެ އެއްވަނަ ހޯދީ، ހަމެޗުން އެ އަދަދަށް ޕޮއިންޓް ހޯދައި، ފައިދާ ގޯލުން ކުރި ހޯދައިގެންނެވެ.
އަނެއްކޮޅުން ބާސާ ޔޫރޮޕާގައި ކުޅޭތާ މިއީ ޖެހިޖެހިގެން ދެވަނަ ސީޒަނެވެ. ޔޫއެފާ ޗެމްޕިއަންސް ލީގު ފަސް ފަހަރު ކާމިޔާބު ކޮށްފައިވާ ބާސާއަށް މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުން ސަލާމަތްނުވެވި ޔޫރޮޕާ ކުޅެން ޖެހިފައިވާ އިރު، މި ސީޒަނަށް އެޓީމު ތައްޔާރުވީވެސް ބޮޑެތި ޓްރާންސްފާތަކަކާ އެކުގައެވެ.
އެގޮތުން ބަޔާން މިއުނިކަށް ކުޅެމުންދިޔަ ޕޮލެންޑްގެ ފޯވަޑް ރޮބާޓް ލެވަންޑޯސްކީ، ފްރާންސްގެ ޑިފެންޑަރު ޖޫލްސް ކޫންޑޭ އާއި ބްރެޒިލްގެ ވިންގް ރަފީނިއާ، އޭސީ މިލާނަށް ކުޅުނު ފްރޭންކް ކެސޭ އާއި ޗެލްސީން ގެންދިޔަ މާކަސް އެލޯންސޯ އަދި އަންދްރޭސް ކްރިސްޓިއަންސަންއަކީ ވެސް މިސީޒަނަށް ގެންދިޔަ ކުޅުންތެރިންނެވެ. އަދި އޭގެ އިތުރުން އެޓީމުން ވަނީ ހެކްޓާ ބެލަރިންވެސް މިސީޒަނަށް ގެންގޮސްފައެވެ.
އެޓީމުން މިފަހަރުގެ ސީޒަނަށް ބޮޑެތި ހަރަދުތައް ކުރީ "އެކޮނޮމިކަލް ލެވާ" ތައް އެކްޓިވޭޓްކޮށް، ކްލަބުގެ ބައެއް އެސެޓްތަކުގެ ހިއްސާ އަދި މުސްތަގުބަލުގެ ބައެއް އަހަރުތަކަށް ޓީވީ ރައިޓްސްވެސް ވިއްކައިގެންނެވެ.
މިފަހަރުގެ ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގައި ބާސާއިން ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވީ ދެމެޗުންނެވެ. އެއީ ވިކްޓޯރިއާ ޕްލެޒެން ކައިރިން ކުޅުނު ދެމެޗުންނެވެ. އެ ނަތީޖާއާ އެކު ބާސާއަށް ހަ މެޗުން ޖުމުލަ ހޯދުނީ ހަތް ޕޮއިންޓެވެ. އެއީ އިންޓަ ކައިރިން ހޯދި ޕޮއިންޓާ އެކުގައެވެ. ގްރޫޕުގެ އެއްވަނައަށް ދިޔަ ބަޔާން މިއުނިކް ފުރިހަމަ ރެކޯޑަކާ އެކު ނިންމާލި އިރު، ދެވަނައަށް ދިޔައީ އިންޓައެވެ.
- ޔޫރޮޕާ ލީގުގެ ގަދަ 16ގެ ޕްލޭ އޮފް ކުރިމަތިލުންތައް
- ބާސެލޯނާ - މެންޗެސްޓާ ޔުނައިޓެޑް
- ޔުވެންޓަސް - އެފްސީ ނޯންޓް
- ސްޕޯޓިން ލިސްބަން - އެފްސީ މިޖިލޭންޑް
- ޝަކްތާ ޑޮނެސްކް - ސްޓޭޑް ރެނިސް
- އަޔެކްސް - އެފްސީ ޔޫނިއަން ބާލިން
- ބަޔާން ލެވަކޫސެން - މޮނާކޯ
- ސެވިއްޔާ - ޕީއެސްވީ
- ސާލްސްބާގު - ރޯމާ
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު
ޔޫއެފާ ޔޫރޮޕާ ލީގު