ފެޔެނޫޑްގެ ކޯޗު، ރޮބިން ވެން ޕާސީ، އޭނާގެ ދަރިފުޅު ޝަކީލަށް ފުރުސަތު ދިނީ ކޯޗެއްގެ ހައިސިއްޔަތުން ކަމަށާއި، ބައްޕައެއްގެ ހައިސިއްޔަތުން ނޫން ކަމަށް ބުނެފިއެވެ.

ފެޔެނޫޑުން ރޭ ޔޫރޮޕާ ލީގުގައި ސެލްޓިކް ކައިރިން 3-1 އިން ބަލިވި އިރު، އުމުރުން 19 އަހަރުގެ ޝަކީލް ރޭގެ މެޗުގެ 81 ވަނަ މިނެޓުގައި މެޗަށް ނުކުމެފައިވެއެވެ. އެއީ އޭނާ ފެޔެނޫޑަށް ކުޅުނު ފުރަތަމަ މެޗެވެ.

މީގެ ކުރިން މެންޗެސްޓާ ސިޓީގެ އެކަޑެމީއަށްވެސް ކުޅުނު ޝަކީލް، ފެޔެނޫޑާއެކު ފުރަތަމަ ޕްރޮފެޝަނަލް ކޮންޓްރެކްޓް ހެދީ 2022 ވަނަ އަހަރުއެވެ. މިއީ އޭނާ ފުރަތަމަ ޓީމަށް ކުޅުނު ފުރަތަމަ ފަހަރެވެ.

"އަހަރެން ޝަކީލް އަރުވަން ނިންމީ ކޯޗެއްގެ ހައިސިއްޔަތުން. ބައްޕައެއްގެ ހައިސިއްޔަތަކުން ނޫން. އަހަރެމެން ގޯލެއް ބޭނުން ވެގެން، އެ ގޯލް ޖެހޭނެ ގޮތެއް ހޯދަން ފޯވަޑެއް އެރުވީ. ޝަކީލަކީ ކޮންމެ އެންގަލަކުންވެސް ގޯލް ޖެހޭނެ ކުޅުންތެރިއެއް. އެއީ އަހަރެން އޭނާ މެޗަށް ނެރުނު ސަބަބަކީ،" ވެން ޕާސީ މެޗަށްފަހު ބުންޏެވެ.

ޕާސީގެ ދަރިފުޅު މެޗަށް އެރުވުމާއެކު އެކަމަށް ބައެއް ފާޑުކިޔުންތައް އަމާޒުވެފައިވާ އިރު، އޭނާ އިރުވިތާ އިރުކޮޅެއްފަހުން ކޮޅަށް ގޯލެއް ވަދެފައިވެއެވެ. އެހެން ނަމަވެސް ޕާސީ ބުނީ ބައްޕައަކަށް ހާއްސަ އިހުސާސެއް ކުރެވުނު ނަމަވެސް، މެޗުގައި އޭނާއަކީ ކޯޗު ކަމަށެވެ.