ނ. މަގޫދޫ ކައުންސިލަށް އަންހެން މެމްބަރަކު އިންތިހާބު ކުރުމަށް މިއަދު ބޭއްވި ބައި-އިލެކްޝަނާއި ލ. ކަލައިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް މެމްބަރަކު ހޮވުމަށް ބޭއްވި ބައި-އިލެކްޝަންވެސް އިދިކޮޅު މައި ޕާޓީ, ޕީޕީއެމުން ކާމިޔާބުކޮށްފިއެވެ.
މި ދެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް ދިޔައީ މިއަދު ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ.
މަގޫދޫ ކައުންސިލުގެ އަންހެނުންނަށް ހާއްސަ ގޮޑި އެމްޑީޕީގެ ކެނޑިޑޭޓް ފަރީދާ އަދުނާން ކާމިޔާބުކުރީ 124 ވޯޓުންނެވެ. އޭނާއާ ވާދަކުރި ޕީޕީއެމްގެ ކެންޑިޑޭޓް އާމިނަތު ޔުމާނާ އަބްދުލްޣަނީއަށް ލިބުނީ 124 ވޯޓެވެ.
ކަލައިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ގޮނޑި ޕީޕީއެމްގެ ކެންޑިޑޭޓް އާއިޝަތު ސާފިޔާ ކާމިޔާބުކުރީ 200 ވޯޓުންނެވެ. އެމްޑީޕީން ވާދަކުރި ކެންޑިޑޭޓް ހުވައިލަތު ރަހީމަށް ލިބުނީ 181 ވޯޓެވެ.
މި ނަތީޖާއާ ގުޅިގެން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވީ, މިއަދަކީ އެމްޑީޕީއަށް ނާކާމިޔާބު ދުވަހެއް ކަމަށާއި ޕީޕީއެމުން އިންތިހާބުވި ދެ ކެންޑިޑޭޓުންނަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓުން އަދި ޓީމުތަކުން ކުރި ބުރަ މަސައްކަތަށް މަހުލޫފު ވަނީ ޝުކުރު އަދާކޮށްފައެވެ.