ޕޯޗުގަލްގައި ހުރި އެންމެ އަގުބޮޑު ގެ، މެންޗެސްޓާ ޔުނައިޓެޑްގެ ޕޯޗުގަލް ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ، 21 މިލިއަން ޑޮލަރަށް ގަނެފިއެވެ.
ސްޕެއިންގެ އިތުބާރު ނޫހެއް ކަމަށްވާ މާކާއިން ބުނެފައި ވަނީ ޕޯޗުގަލްގެ ކަސްކައިސްގައި ހުރި ގެ ރޮނާލްޑޯ ގަނެފައިވަނީ އާބާތުރަ ފިލުވައި، އޭނާ ބޭނުންވާ ގޮތަށް ފަރުމާތައްވެސް ބަދަލުކުރުމަށްފަހުގައި ކަމަށެވެ. އެގޮތުން ކުރިން އެގެ ވިއްކާލަން އުޅުނީ 11 މިލިއަން ޑޮލަރުގެ އަގަކަށް ނަމަވެސް، ރޮނާލްޑޯ އެގެ ގަތީ 21 މިލިއަން ޑޮލަރަށް ކަމަށެވެ.
ރޮނާލްޑޯ ގެ ގަތް ސަރަހައްދަކީ ޕޯޗުގަލްގެ އެންމެ މުއްސަނދި މީހުން ދިރިއުޅޭ އެއް ހިސާބެވެ. ކުއެންޓާ ޑަ މަރީއާގެ ސަރަހައްދަކީ ޕޯޗުގަލްގެ އެންމެ ހިތްގައިމުވެސް އެއް ސަރަހައްދެވެ. އެ ސަރަހައްދުގައި ހިމެނެނީ ކަސްކައިސްގެ އިތުރުން އެސްޓޮރިލް އާއި ސިންޓްރާ ފަދަ އަވަށްތަކެވެ. އެ ހިސާބުތަކަކީ ބޮޑެތި އަގުބޮޑު ގެތަކާއި ވިލާތައް ހިމެނޭ ސަރަހައްދެކެވެ.
ރޮނާލްޑޯ ގަތް ގެ، އަދިވެސް ދަނީ މަރާމާތުކުރަމުންނެވެ. ރޮނާލްޑޯ އެގެ ގަތުމާއެކު އަންނަ އަހަރު ޔުނައިޓެޑް ދޫކޮށްލާނެ ކަމަށް ވަރަށް ބޮޑަށް ދަނީ ބެލެވެމުންނެވެ. 2023 ވަނަ އަހަރު ޖޫން މަހުގެ ނިޔަލަށް ރޮނާލްޑޯ ޔުނައިޓެޑާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތް އިރު، ބެލެވޭ ގޮތުގައި ރޮނާލްޑޯގެ ކެރިއަރުގެ މިސްރާބު ދެން ހުރީ ޕޯޗުގަލްއަށެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ރޮނާލްޑޯ ޕޯޗުގަލްގެ ލީގަށް ދާނަމަ، ދާނީ އޭނާގެ ފުރަތަމަ ކްލަބު ސްޕޯޓިން ލިސްބަންއަށެވެ.
ކެރިއަރުގައި ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ރޮނާލްޑޯއަކީ ދުނިޔޭގެ އެންމެ މުއްސަނދި އެއް އެތިލީޓެވެ. ހާއްސަކޮށް އޭނާއަކީ އެންމެ ބޮޑު އެއް ބްރޭންޑެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ
ކްރިސްޓިއާނޯ ރޮނާލްޑޯ