ފީނަން ގޮސް އުޅުނު ޒުވާނު މަރުވެއްޖެއެވެ.
މަރުވެފައިވަނީ ރ. އުނގޫފާރުގެ ޒުވާނެއް ކަމަށްވާ އަބްދުﷲ ސޯދިގު، 23އ. އެވެ.
ފުލުހުން ބުނީ މިއަދު މެންދުރުފަހު 3:00 ހާއިރު، ށ. ގޮނާފަރު ފަޅުގެ ބޭރުގައި ޑައިވް ކުރަން އުޅުނު މީހަކު ގެއްލިގެން ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ފެނިފައިވަނީ 4:15 އެހާކަންހާއިރު ކަމަށާއި ފެނިގެން ވަގުތުން ފަރުވާ ދިނުމަށް ށ. ކަނޑިތީމު ސިއްހީ މަރުކަޒަށް ގެންދިޔަ ކަމަށެވެ.
ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އެ ޒުވާނާ މަރުވެފައިވާ ކަމަށް ހަށިގަނޑު ބެލި ޑޮކްޓަރުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު