އިނގިރޭސި ޕްރިމިއާ ލީގުގެ ޗެލްސީގެ ޑިފެންޑަރު ރީސް ޖޭމްސްގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން އިތުރު ޑޮކްޓަރެއްގެ ލަފާ ހޯދަން ކްލަބުން ތައްޔާރުވެފައިވާ ކަމަށް ކޯޗު ގްރަހަމް ޕޮޓާ ބުނެފިއެވެ.
އިންގްލެންޑްގެ ވިންގް ބެކް ޖޭމްސްގެ ކަކުލަށް އަނިޔާވީ ޗެލްސީން އެންމެފަހުން ޗެމްޕިއަންސް ލީގުގައި އޭސީ މިލާނާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އާދަޔާހިލާފު ރަނގަޅު ފޯމެއްގައި މިވަގުތު ހުރި ޖޭމްސްގެ ކަކުލަށް އަނިޔާވެ އެ މެޗުގެ ދެވަނަ ހާފުގައި ބާލަން ޖެހިފައިވާ އިރު، އޭނާގެ ބަދަލުގައި ކުޅެން ނުކުމެފައިވަނީ ޗެލްސީގެ ކެޕްޓަން ސެޒާ އަޒްޕިލިކުއޭޓާއެވެ.
ޖޭމްސްގެ އަނިޔާއާ ގުޅިގެން ޗެލްސީގެ މެޑިކަލް ޓީމުން ފުރަތަމަ ބުނެފައިވަނީ "ހާލަތު ގޯސް ނޫން ކަމަށާއި، އަނިޔާ ފެންނަނީ ކުޑަ އަނިޔާއެއްގެ ގޮތުގައި،" ކަމަށެވެ. އޭރު އެހެން ބުނި ނަމަވެސް މިއަދު މީޑިއާތަކުން ބުނެފައިވަނީ ޖޭމްސްގެ ކުކުލަށް ލިބުނު އަނިޔާ ހީކުރި ވަރަށްވުރެ ސީރިއަސް ކަމަށެވެ. އަދި އިތުރު ހާއްސަ ޑޮކްޓަރަކަށް ދައްކަން ޗެލްސީން ތައްޔާރުވެފައިވާ ކަމަށް ކޯޗު ޕޮޓާވެސް ބުނެފައިވާ އިރު، ނޫސްތަކުން ބުނެފައިވަނީ ޖޭމްސްގެ ކަކުލުގެ ސާޖަރީއަށް ދާން ޖެހިދާނެ ކަމުގެ ބިރުވެސް އެބައޮތް ކަމަށެވެ.
ޕޮޓާ މިއަދުގެ ޕްރެސްގައި ބުނީ ޖޭމްސް ކަކުލުގެ އިތުރު ޓެސްޓުތަކެއް ބޭނުންވާ ކަމަށާއި، އަދި ޔަގީންކަމާއެކު ވަކި އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ. އަދި ސްކޭންތަކުގެ ކުރިން ދައްކާ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށްވެސް ޕޮޓާ ބުންޏެވެ.
ސާޖަރީއަކަށް ދާން ޖެހިއްޖެނަމަ، ޖޭމްސްއަށް ކުރިއަށް އޮތް ވޯލްޑް ކަޕުގައިވެސް ނުކުޅެވޭނެ ކަމަށް ލަފާކުރެވެއެވެ. އިންގްލެންޑް ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާ ޖޭމްސްއަށް ވޯލްޑް ކަޕަށް ނުދެވިއްޖެނަމަ، ކޯޗު ގެރެތު ސައުތުގޭޓަށް ޗެލެންޖަކާ ކުރިމަތިވާނެކަން ޔަގީނެވެ.
ޗެލްސީ
ޗެލްސީ
ޗެލްސީ
ޗެލްސީ