Close
ޚަބަރު

ފަތުރުވެރިކަމުގެ ބާނީންނާއި ނަޝީދު، ނާސިރު އަދި މައުމޫނަށް ސަރުކާރުން އެވޯޑް

މުހައްމަދު އިޝާން

1

ރާއްޖޭގެ ފަތުރުވެރިކަމުގެ ތިން ބާނީން އަދި ކުރީގެ ރައީސުން ކަމަށްވާ އިބްރާހިމް ނާސިރާއި މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދަށް ސަރުކާރުން އެވޯޑް އަރުވައިފިއެވެ.

ރަން ޔޫބީލް ގާލާ އިވްނިން ފާހަގަކުރުމަށް ރާއްޖޭގެ ފުރަތަމަ ރިސޯޓް، ކުރުނބާ މޯލްޑިވްސްގައި ޓޫރިޒަމްގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އެ ބޭފުޅުންނަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

އެވޯޑް އެރުވީ ޓޫރިޒަމްގެ ދާއިރާގެ ބާނީންނަކީ ޔުނިވާސަލް އެންޓްޕަރައިސަސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އާއި ޗަމްޕާ މުހައްމަދު އަފީފު އަދި ހެލްތު މިނިސްޓަރު އަހުމަދު ނަސީމެވެ.

އެ ތިން ބޭފުޅުންނަކީ ކުރުނބާ މޯލްޑިވްސް ރިސޯޓު ހުޅުވުމުގައި އެންމެ އިސްކޮށް އުޅުއްވި ބޭފުޅުންނެވެ. ރާއްޖެއަށް އޭރު އަންނަ ފަތުރުވެރިންނަށް ހިދުމަތް ދެއްވަނީވެސް އެތިން ބޭފުޅުންނެވެ. ރައީސް ސޯލިހު ވަނީ އެ ބޭފުޅުން ކޮށްދެއްވި މަސައްކަތްތަކަށް ވަރަށް ބޮޑަށް ތައުރީފުކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް ގިނަ އަހަރުތަކެއް ވަންދެން ހިދުމަތްކުރެއްވި ބޭފުޅުންނަށް ފަތުރުވެރިކަމުގެ ރަން އެވޯޑު ވެސް މިރޭ ވަނީ އަރުވައިފައެވެ. އެ އެވޯޑު އަރުވާފައިވަނީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށާއި ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް އަދި ކުރީގެ ރައީސް އިބްރާހިމް ނާސިރު އަށެވެ. .

މީގެ އިތުރުން ރަން އެވޯޑު އަރުވާފައިވަނީ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)، ވިލާ ގްރޫޕްސް ކުންފުނީގެ ޗެއާމަން އަދި މާމިގިލި ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ގާސިމް އަދި ސަން ސިޔާމް ރިސޯޓްސްގެ ފައުންޑާ އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމަށާއި ނައިބު ރައީސް ފައިސަލް ނަސީމްއަށެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަ ކޮށްލެވޭ ހިދުމަތްތައް ދެމުން އަންނަ ރިސޯޓުތަކާއި ޓުއާ އޮޕަރޭޓަރުންނަށް ވެސް ފަތުރުވެރިކަމުގެ ދާއިރާގެ ރަން އެވޯޑު މިރޭ ވަނީ އަރުވައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟