ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓުގެ ގޮތުގައި އަހުމަދު ސައީދު އަލީ ހުންނަވައިގެން، އެކޯޓަށް ހުށަހަޅާ މައްސަލަތައް ވަކި ގޮތަކަށް ހިންގައި ނިންމުމަށްޓަކައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުތައް ބެހެއްޓުމާއި ރިޝްވަތު ނަގާކަމަށް ހުށަހެޅި މައްސަލަތަކެއް ބަލަމުން އަންނަނިކޮށް އޭނާ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ، އެ މައްސަލަތައް ބަލަމުން އަންނަނިކޮށް އޭނާ މަގާމުން އިސްތިއުފާ ދެއްވީ، މިމަހުގެ ހަވަނަ ދުވަހު ކަމަށެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ގާނޫނުގެ 21 ވަނަ މާއްދާގެ (ށ) ގެ ދަށުން އެ ކޮމިޝަނުން ބެލުމުގެ އިހުތިސާސް ލިބިފައިވަނީ ފަނޑިޔާރެއްގެ މަގާމުގައި ހުރި ފަރާތެއްގެ ސުލޫކާ ގުޅޭގޮތުން ހުށަހަޅާ މައްސަލަތައްކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.
އެހެންމުން އަހުމަދު ސައީދު އަލީ އަކީ މިހާރު ފަނޑިޔާރު ކަމުގައި ހުރި ފަރާތަކަށް ނުވާތީ، އޭނާއާ ގުޅޭގޮތުން ތަހުގީގު ކުރަމުންދިޔަ މައްސަލަ އިތުރަށް ކުރިއަށް ގެންދެވެން ނެތް ކަމަށްވެސް ބުނެފައިވެއެވެ.
އެކަމާގުޅިގެން އެ މައްސަލައިގެ ތަހުގީގު ހުއްޓާލައި، މައްސަލަ ފައިލްކުރަން ނިންމައި، ކޮމިޝަންގެ ފަރާތުން އެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަނާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހަޅަން ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީން ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު