ށ. ކޮމަންޑޫގައި ޖަހާފައިވާ ރިވެޓްމެންޓް އާ ކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
އެމްޓީސީސީން މިއަދު ބުނީ، ރިވެޓްމެންޓް އާ ކުރުމުގެ މަޝްރޫއުގެ ދަށުން 16.7 ހެކްޓަރުގެ ބިން ހިއްކައި 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫ ގުޅުވާލާނެ ކަމަށެވެ.
އޭގެ އިތުރުން 1،690 މީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ވެސް އެ މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
ދެ ކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގައެވެ. މި މަސައްކަތް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 249.90 މިލިއަން ރުފިޔާއަށެވެ.
ދެ ކޮމަންޑޫ ގުޅާލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. އެމަނިކުފާނު، އެ މަޝްރޫއު އިއުލާނުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި އެމްޑީޕީން ވާދަކުރި ކެންޑިޑޭޓު އަދި މިހާރު އެ ދާއިރާގެ މެމްބަރު އިބްރާހިމް ރާޝިދު (ރާޑޯ)ގެ ކެމްޕެއިން އިފްތިތާހުކުރަން މިދިޔަ ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހު ކޮމަންޑުއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ކެމްޕޭން ޖަލްސާގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު