އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް ދައުވާކޮށްފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)އިން މިއަދު ބުނީ ބަނގްލަދޭޝް ރައްޔިތަކާއި، އިތުރު ބަޔަކު އެއްޖިންސުން ޖިންސީގުޅުން ހިންގިކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި ހަތަރު މީހެއްގެ މައްޗަށް، އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދައުވާ މިމަހުގެ 18 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ.
ދައުވާކޮށްފައިވަނީ ބަންގްލަދޭޝްގެ އަލަމްގީރު އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ކޮއްކޮ އަދި މަޝްހޫރު ގާނޫނީ ވަކީލު ނާޒިމް ސައްތާރާއި ކާނަލް ނަޝީދުގެ އިތުރު ފުލުހެއް ކަމަށްވާ އަބްދުއް ރަހުމާނު ރަފީއުގެ މައްޗަށެވެ.
އަލަމްގީރު ފިޔަވައި މި އެންމެން މިހާރުވަނީ ބަންދުން ދޫކޮށްލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު