އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ހަވާލުކޮށްފިއެވެ.
ރިޔާސީ ޓިކެޓު ޔާމީންއާ ހަވާލުކުރެއްވީ މިރޭ ކާނިވަލުގައި އެ ކޯލިޝަނުން ބޭއްވި "ހަވާލޭވަތަން" ޖަލްސާގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. ރިޔާސީ ޓިކެޓް ޔާމީންއާ ހަވާލުކުރީ މުޅި ރާއްޖެ ތަމްސީލުވާ ގޮތަށް ކޮންމެ ރަށަކުން މީހަކު ބައިވެރިވުމާއެކު ޕާޓީގެ ލީޑަޝިޕް ހިމެނޭ ގޮތަށެވެ.
ޔާމީނަށް ރިޔާސީ ޓިކެޓު ހަވާލުކުރުމަށް ބޭއްވި ޖަލްސާގައި ގިނަ އަދަދެއްގެ މީހުން ވަނީ ބައިވެރިވެފައެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ރިޔާސީ ޓިކެޓު ޔާމީނަށް ދިނުމަށް ނިންމާފައިވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ ބޭއްވި އެ ކޯލިޝަންގެ ޖޮއިންޓް ސެނެޓް ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ޔާމީން ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިވެވަޑައިގަންނަވާކަން ހާމަކުރައްވައިފިއެވެ.
ޔާމީނަށް ޓިކެޓް ދޭން ފާސްކުރީ ސެނެޓް ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު