ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފްލެޓް ސަރަހައްދުގައި ޒުވާނުންގެ މަރުކަޒެއް ރޭ ހުޅުވައިފިއެވެ.
ހިޔާ ސަރަހައްދުގެ ޒުވާނުންގެ މަރުކަޒު ރޭ ހުޅުވައިދެއްވީ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފުއެވެ. އެ ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު އާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިސްވެރިން އަދި ޔޫތް މިނިސްޓްރީގެ އިސް ވަނީ ބައިވެރިވެފައެވެ.
އެޗްޑީސީން އިއްޔެ ބުނީ، ޒުވާނުންގެ މަރުކަޒު ގާއިމުކޮށްފައިވަނީ ހިޔާ 10 ޓަވަރުގައި ކަމަށެވެ.
ޒުވާނުންގެ މަރުކަޒުގައި ތަފާތު އިންޑޯ ކުޅިވަރުތައް ކުޅެވޭނެ ގޮތް ވަނީ ހަމަޖައްސައިފައެވެ. އެގޮތުން ބިލިއާޑް، ތާސް، ޓޭބަލް ޓެނިސް އަދި ކެރަމް ފަދަ ކުޅިވަރުތައް ހިމެނެއެވެ.