ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ގާނޫނަށް ގެނައި ފުރަތަމަ އިސްލާހުގެ ބިލް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ތަސްދީގު ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން މިބިލް ފާސްކުރީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު އޮތް މިއަހަރުގެ މަޖިލީހުގެ ދެވަނަ ދައުރުގެ ފަހު ޖަލްސާގައެވެ.
ގާނޫނަށް ގެނައި މައިގަނޑު އިސްލާހަކީ މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު މިދިޔަ އަހަރުގެ ޑިސެމްބަރު 13 ވަނަ ދުވަހު އުވާލުމާ ގުޅިގެން މަސްވެރިިކަމުގެ ގާނޫނުގެ 56 ވަނަ މާއްދާގެ އިބާރާތަށް ގެނެސްފައިވާ ބަދަލެކެވެ.
އެގޮތުން އެ މާއްދާގައި ޓްރާންސްޕޯޓް އޮތޯރިޓީގެ ނަން އޮތްތައް އުނިކޮށް، "މިގާނޫނުގެ ދަށުން ކުރާ މަސްވެރިކަން މޮނީޓާކޮށް ކޮންޓްރޯލް ކުރުމަށްޓަކައި މޮނީޓަރިން، ކޮންޓްރޯލް އަދި ސަވޭލަންސާ ބެހޭ ނިޒާމެއް ސިފައިންގެ ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ކަސްޓަމްސް ސާވިސް އާއި ދަތުރުފަތުރުގެ ކަންކަމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާ އާއި އެނޫންވެސް ކަމާގުޅޭ އިދާރާތަކާ ގުޅިގެން މިނިސްޓްރީން ހަދައި ތަންފީޒުކުރަން ވާނެ" ކަމަށް ބުނެފައިވެއެވެ.
މި އިސްލާހު ރައީސް ތަސްދީގުކުރެއްވުމާ އެކު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި އިސްލާހު ތަސްދީގުކޮށް އަމަލުކުރަން ފަށައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު