ގދ. ތިނަދޫގައި ދެ ބިދޭސީއެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި މީހަކު ޒަހަމްކޮށްލައިފިއެވެ.
ފުލުހުން ބުނީ، ތިނަދޫގައި ދެ ބިދޭސީންގެ މެދުގައި މާރާމާރީއެއް ހިންގާފައިވާ ކަމަށް މިރޭގެ ވަގުތެއްގައި ރިޕޯޓުކޮށްފައިވާ ކަމަށާއި އެ މާރާމާރީގައި އެކަކަށް އަނިޔާވެފައިވާ ކަމަށެވެ.
މާރާމާރީގައި އަނިޔާވި މީހާއަށް މިހާރު ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ މައުލޫމާތު ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ މާރާމާރީއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެ މާރާމާރީގެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު