ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، މަސްޖިދު ނަބަވީއަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
މަސްޖިދުއްނަބަވީއަށް ރައީސް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވީ އެސިސްޓެންޓް ޖެނެރަކް ޕްރެޒިޑެންޓް ފޯ ދަ އެފެއާޒް އޮފް ދަ ޕްރޮފެޓް މޮސްކް ޑރ. މުހައްމަދު އަލް ހުދައިރީއެވެ.
ރައީސްގެ އަރިހުގައި ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދާއި ރައީސް އޮފީހުގެ ޗީޕް އޮފް ސްޓާފް އަލީ ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު، ސައުދީއަރަބިއްޔާއަށް ވަޑައިގެންނެވީ މިއަދެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު