ޖެންޑާ މިނިސްޓްރީއަށް މިދިޔަ މަހު ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
ޖެންޑާ މިނިސްޓްރީން މިއަދު އާންމުކުރި އެ މިނިސްޓްރީގެ މިދިޔަ މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު އެކަނިވެސް ޖުމުލަ 278 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ. އެގޮތުން އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތައް ކަމަށާއި އެފަދަ 137 މައްސަލަ މިދިޔަ މަހު ރިޕޯޓުކޮށްފައިވާ ކަމަށް އެމިނިސްޓްރީން ބުންޏެވެ.
އޭގެތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާއްނިކަ އާއި ޖިސްމާނީ ހާނިއްކައިގެ މައްސަލަތައް ކަމަށާއި އެގޮތުން އެފަދަ 31 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
- އިހުމާލުވުމުގެ 26 މައްސަލަ
- ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 20 މައްސަލަ
- އެހެންކުދިންގެ ފަރާތުން ގަނާ ލިބުމުގެ ނުވަ މައްސަލަ
- ނަފްސާނީ ހާއްނިކައިގެ ނުވަ މައްސަލަ
- ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ ހަތަރު މައްސަލަ
- ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތިން މައްސަލަ
- ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ބޭނުންކުރުމުގެ ދެ މައްސަލަ
- އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ ދެ މައްސަލަ
އޭގެ އިތުރުން ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 49 މައްސަލަ މެއިމަހު އެ މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. އަދި ވަކި ޖިންސަކަށްވީތީ ޖިސްމާނީ އަނިޔާކުރުމުގެ 25 މައްސަލައެއް ހުށަހަޅާފައިވެއެވެ.
އާއިލީ 31 މައްސަލަ އެއް އެ މިނިސްޓްރީއަށް ހުށްހަޅާފައިވާ އިރު، މިފަދަ މައްސަލަތަކުގެ ތެރޭގައި ކުދިންނާ ބައްދަލުކުރުމުގައި ޖެހޭ 15 މައްސަލަ އަދި ކުދިން ބެލުމުގައި ޖެހޭ ހަތް މައްސަލައަކާއި ކުދިންނާ ބައްދަލުކުރުމުގައި ޖެހޭ ހަ މައްސަލައެއްގެ އިތުރުން ދަރިންގެ ހަރަދު ދިނުމުގައި ޖެހޭ ތިން މައްސަލައެއް ހިމެނެއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 19 މައްސަލަ މެއި މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 14 މައްސަލައެއްވެސް ހުށަހަޅާފައިވެއެވެ.
ޖެންޑާ މިނިސްޓްރީން ބުނީ ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި 19 މައްސަލަ މެއި މަހު ހުށަހަޅާފައިވާ ކަމަށެވެ. އޭގެތެރޭގައި ގެއިން ނުކުމެގެން ދިއުމުގެ ހަތް މައްސަލަ އަދި ސްކޫލަށް ދާން ބޭނުންނުވުމުގެ ފަސް މައްސަލަ ހިމެނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު