ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު 14 އަހަރަށް ޖަލަށްލާން މިއަދު ކުރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ކުރިމިނަލް ކޯޓް މިއަދު ކުރި ހުކުމުގައި ބުނީ، ބަންގުލަދޭޝަންގެ ރައްޔިތެއް ކަމަށްވާ ޝުވޯ ޗަންދްރާ ޝިލްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ޝައްކެތް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.
އެހެންކަމުން އެކުށުގެ އަދަބެއްގެ ގޮތުގައި އޭނާ 14 އަހަރަށް ޖަލަށްލުމަށް ހުކުމްކުރާ ކަމަށެވެ.
ނަމަވެސް އޭނާ ތަންފީޒުކުރަން ޖެހޭނީ 10 އަހަރާއި 11 މަހާއި ނުވަ ދުވަހުގެ ޖަލު ހުކުމެކެވެ. އެއީ މައްސަލައިގެ ތަހުގީގަށް ޝުވޯ ޗަންދްރާ ޝިލް ތިން އަހަރާއި 21 ދުވަސް ބަންދުގައި ހޭދަކޮށްފައިވާތީއެވެ.
ޚަބަރު
ޚަބަރު
ޚަބަރު