ބަޔާން މިއުނިކްގެ ކެރިއަރު ނިމުމަކަށް ގެންނަން ގަސްދު ކޮށްފައިވާ ކަމަށް ކްލަބުގެ ލެޖެންޑަރީ ފޯވަޑް ރޮބާޓް ލެވަންޑޯސްކީ ބުނެފިއެވެ.
ބަޔާންއަށް 2014 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ކުޅެމުން އަންނަ ލެވަންޑޯސްކީ ވަނީ މިހާތަނަށް އެ ކްލަބަށް 253 މެޗު ކުޅެ، 238 ގޯލު ޖަހައިދީފައެވެ. ލެވަންޑޯސްކީ ވަނީ ބަޔާންއާއެކު ޗެމްޕިއަންސް ލީގުވެސް ހޯދައިފައެވެ. އޭގެ އިތުރުން އަށް ފަހަރަށް ޖަރުމަނު ލީގުވެސް ލެވަންޑޯސްކީ ކާމިޔާބު ކޮށްފައިވާ އިރު، އޭނާ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތީ 2023 އަހަރު ޖޫން މަހުގެ ނިޔަލަށެވެ.
"ބަޔާންގެ ދަތުރު އަހަންނަށް ނިމިއްޖެ. މި ކްލަބާއެކު އިތުރަށް އަހަރެން ކުރިއަށްދާނެ މަގެއް ނުފެނޭ،" 2020 އަދި 2021 ވަނަ އަހަރު ފީފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ބަޔާންގެ ފޯވަޑް ލެވަންޑޯސްކީ ބުންޏެވެ.
ބަޔާންގެ އެއްބަސްވުން ހަމަވާން އޮތީ ޖޫން އަށް ނަމަވެސް، އެ ކްލަބުން ލެވަންޑޯސްކީ ދޭނެ ކަމަށް އޭނާ ދެކެއެވެ.
"ބަޔާންއަކީ ސީރިއަސް ކްލަބެއް. އަހަރެން ދެކެނީ ބަޔާންއިން އަހަރެން ހިފަހައްޓަން މަސައްކަތް ނުކުރާނެ ކަމަށް. އަހަރެން ކްލަބަށް ކުޅެން ބޭނުން ނުވާތީ. އަހަރެން އުންމީދުކުރަނީ ބަޔާންއިން އަހަރެން ނުހުއްޓުވާނެ ކަމަށް. އަހަރެންގެ ކޮންޓްރެކްޓް 2023 އަށް ހަމަވާން އޮތް ނަމަވެސް. އަހަރެން ރަސްމީކޮށް ކްލަބާއެކު ވާހަކަ ދައްކާނަން ބައިނަލްއަގުވާމީ މެޗުތަކަށް ފަހު،" ލެވަންޑޯސްކީ ބުންޏެވެ.
ބަޔާންއިން ލެވަންޑޯސްކީ ދޫކޮށްލައިފި ނަމަ، އޭނާ ދިޔުން އެންމެ ގާތް ކްލަބަކީ ބާސެލޯނާއެވެ. އިތުބާރު ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި ބާސާއާއެކު ލެވަންޑޯސްކީ މިހާރު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ.
ރޮބާޓް ލެވަންޑޯސްކީ
ރޮބާޓް ލެވަންޑޯސްކީ
ރޮބާޓް ލެވަންޑޯސްކީ
ރޮބާޓް ލެވަންޑޯސްކީ