މާލޭގައި ތޫނު އެއްޗެހި ބޭނުންކޮށްގެން މިއަދު ދެ މާރާމާރީއެއް ހިންގައިފިއެވެ.
ފުލުހުންގެ ބުނީ ފުރަތަމަ މާރާމާރީ ހިންގީ މާފަންނު ކޯރުކެނޑިމަގު، މާވެޔޮމިސްކިތް ކައިރީގައި މިއަދު ފަތިހު 5:48 ހާއިރު ކަމަށާއި އެ މާރާމާރީގައި ޒަހަމްކޮށްލާފައިވަނީ 23 އަހަރުގެ ދިވެހި ދެ ފިރިހެނުންނަށް ކަމަށެވެ. އެމީހުންނަށް އައިޖީއެމްއެޗުގައި އަންނަނީ ފަރުވާދެމުންނެވެ.
ފުލުހުން މައުލޫމާތުދޭ ގޮތުގައި ދެވަނަ މާރާމާރީ ހިންގާފައިވަނީ ހެންވޭރު އަސްރަފީ މަގުގައި މިއަދު ހެނދުނު 9:17 ހާއިރުއެވެ. އެ މާރާމާރީގައިވެސް ދެ ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ އިރު، އެ މީހުންނަށް އޭޑީކޭގެ އެމަޖެންސީގައި މިހާރު އަންނަނީ ފަރުވާދެމުންނެވެ.
ފުލުހުން ބުނީ، އެ ދެ މާރާމާރީއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު