ޝަރުތު ހަމަވާ ހަތަރު ސިޔާސީ ޕާޓީއަކަށް މި މަހުގެ ތެރޭގައި ދައުލަތުގެ ބަޖެޓުން ފައިސާ ދޫކޮށްފައިވާ ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލް މިއަދު ހަވީރު "ވަން" އަށް ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ ތެރެއިން އިދިކޮޅު މައި ޕާޓީ ކަމަށްވާ ޕީޕީއެމްއަށް ފައިސާ ދިނީ، ސިވިލް ކޯޓުގެ ހުކުމަކާ ގުޅިގެން ބައެއް އުނިކުރުމަށް ފަހުގައި ކަމަށެވެ. އެއީ 500،000 ރުފިޔާ އުނިކޮށްފައެވެ. ޕީޕީއެމްއަށް ފައިސާ ދޫކޮށްފައި މިދިޔަ ހަފުތާގެ ހޯމަ ދުވަހުއެވެ.
ޕީޕީއެމް ފިޔަވައި އެހެން ޕާޓީތަކަށް ފައިސާ ދޫކޮށްފައި ވަނީ މި މަހުގެ ހަތް ވަނަ ދުވަހު ކަމަށް މިނިސްޓްރީން ބުންޏެވެ.
- އެމްޑީޕީ: 15.02 މިލިއަން ރުފިޔާ (54،660 މެމްބަރުން)
- ޕީޕީއެމް: 9.4 މިލިއަން ރުފިޔާ (34،237 މެމްބަރުން)
- ޖޭޕީ: 5.53 މިލިއަން ރުފިޔާ (20،107 މެމްބަރުން)
- އަދާލަތު ޕާޓީ: 2.9 މިލިއަން ރުފިޔާ (10،554 މެމްބަރުން)
ސިޔާސީ ޕާޓިތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރަނީ އެ ޕާޓީއެއްގެ މެމްބަރުންގެ އަދަދު 10،000 އެރުމުންނެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ކޮންމެ އަހަރެއްގެ ބަޖެޓުގެ 0.1 ޕަސެންޓާއި 0.2 ޕަސެންޓާ ދެމެދުގެ އަދަދެއްގެ ފައިސާ ޕާޓީތަކަށް ދޫކުރަން ޖެހެއެވެ.
ޝަރުތު ހަމަވާ ޕާޓީތަކަށް ފައިސާ ދޫކޮށްދިނުމަށް އެދި އިލެކްޝަން ކޮމިޝަން (އީސީ) އިން ފިނޭންސަށް ފޮނުވާފައިވަނީ މިދިޔަ މަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު